ސައީދު ވިދާޅުވީ ކަސްޓަމަރުން އާންމުކޮށް ތަކެތި ގަންނަ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތައް ހިމެނޭ ކެޓަގަރީއަށް ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ހިންގާކަމަށެވެ.
ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރެވެމުންދާއިރު، ދުވާލަކު އެވްރެޖްކޮށް 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ކަނޑައަޅާފައިވާ މިންވަރު، ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވަނީ ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ބޭންކުގެ ސިސްޓަމް ތެރެއިން ހިނގަމުންދާތީ އެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ދުވަހުގެ ލިމިޓް ހަމަވުމުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް އިރުޝާދު ދެއެވެ.
މީގެ އިތުރުން، މިގޮތަށް ލިމިޓްތައް ކަނޑައެޅި ފަހުން ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަންތައް ފަދަ އެހެން ކެޓަގަރީތަކުން ދުވަސް ނިމޭއިރު ވެސް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުން ބާކީ ހުންނަކަން ފާހަގަކުރެވޭ ކަމަށް އެ ބެންކުން ބުންޏެވެ. މިއީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ލިމިޓް ލިބޭ ކަމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ރާއްޖެއިން ބޭރަށްދާ ދިވެހިންނާއި ބޭރުގައި ކިޔަވަމުންދާ ދަރިވަރުން އަދި ދިރިއުޅޭ ދިވެހިންނަށް ބޭރުގައި ބޭނުންކުރެވޭ ލިމިޓަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް، އީ-ކޮމާސްގެ އިތުރުން، އެހެނިހެން ކާޑު މުއާމަލާތްތަކާއެކު މަހަކު އެވްރެޖްކޮށް އާންމުންނަށް 38 މިލިއަން ޑޮލަރު ބޭންކުން ވިއްކަ އެވެ. އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން، މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ބޭންކުން ވިއްކާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;