ads
މަސްތުވާތަކެތި
އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް މީހަކު 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި (ކެނެބިސް) ލައްކައަކަށްވުރެ ގިނަ ފައިސާއާއެކު މާލެއިން އަތުލައިގަތް ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް (23އ) 15 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމައިނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

މި މައްސަލައަކީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ހާރޫން ދިރިއުޅޭ އެޕާޓްމަންޓާއި ދެ ސައިކަލެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ފައިސާ ފެނުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ 15 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، 100،000 ރުފިޔާގެ ޖޫރިމައިނާ ފައިސާ މީރާއަށް ދައްކައި ޚަލާޞްކުރުމަށް އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;