ads
ބަންގްލަދޭޝްގެ ގުރޫޕު އަތުން ފުލުހުން އަތުލައިގެން ފައިސާ
ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގަނެ، ބަންގްލަދޭޝް ގުރޫޕެއް ހިފަހައްޓައިފި
އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއަާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައި ހުއްޓުވި އެ ގައުމުގެ ބައެެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފި އެވެ.
Advertisement

ފުލުހުން ބުނިގޮތުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދުމަށް ހިންގާ އޮޕަރޭޝަނުގެ ދަށުން އެ މީހުން ބަލާ ފާސްކުރި އިރު، 18 ގައުމެއްގެ ފައިސާ އަތުގައި ހުއްޓެވެ.

އޭގެތެރޭގައި:

  • 174،000 އަށް ވުރެ ގިނަ ޑޮލަރު
  • 57،000 ޔޫރޯ
  • 1،800 އަށްވުރެ ގިނަ ސްޓާލިން ޕައުންޑް ހިމެނޭ
  • މި ފައިސާގެ އަގު 3.8 މިލިޔަން ރުފިޔާއަށް ވުރެ ގިނަ

ފުލުހުން ބުނިގޮތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާއާ އެކު ފިލަން ދާން އުޅުނު މި އެންމެން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އަދި ތަހުގީގުގެ ބޭނުމަށް އެ ފައިސާ ވެސް ފުލުހުންގެ އަތުގައި ބަހައްޓާފައިވާ ކަމަށް ބުންޏެވެ.

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މި ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ހުއްދަ ނެތް ފަރާތުން ޑޮލަރު ވިއްކާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވާއިރު މިފަހުން ވެސް ވަނީ އެ ވިޔަފާރީގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް