ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބަޔަކު ހިދުމަތް ހޯދަނީ - ފޮޓޯ: އެމްއޭސީއެލް
ދަބަހުގައި ބޮމެއް އޮތްކަމަށް ބުނެ މަޖާކުރި މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި
ދަބަހުގައި ބޮމެއް އޮތްކަމަށް ބުނެ މަޖާކުރި މީހަކު ވެލާނާ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މިސްރަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ޕީޓާ ސަމާން މަރުޒޫކް ސަމާން ކިޔާ އުމީހެކެވެ. 

އޭނާ ހައްޔަރުކުރީ އޭނާގެ ދައްތަގެ ދަބަހުގައި ބޮމެއް އޮތްކަމަށް ބުނެ ވާހަކަ ދެއްކުމުން ނެވެ. އެމީހާ އެހެން ބުނެފައިވަނީ ޑިޕާޗާ ސްކްރީނިންގައި އޭނާގެ ދައްތަގެ ދަބަސް ޗެކުރަމުން ދަނިކޮށެވެ. އެހެންނަމަވެސް އެއާޕޯޓް ސެކިއުރިޓީން އެ ދަބަސް ޗެކުކުރި އިރު އެކަހަލަ އެއްވެސް އެއްޗެއް ފެނިފަ އެއް ނުވެ އެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގެ މަޖިލިހުގައި ވާހަކަ ދައްކަމުން ބުނީ އެއީ އޭނާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް  ޖަހާދީފަ އެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް