ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަހުތޫމްގެ އާއިލާ އާއި ޔޫއޭއީގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައިވެ އެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަހުމަދު ބިން ރާޝިދު ލެހެއްޓެވުން އެދި ދުއާ ކުރެއްވި އެވެ.
އުމުރުފުޅުން 76 އަހަރުގައި ޝެއިހު އަހުމަދު ބިން ރާޝިދު އަވަހާރަވުމާއި ގުޅިގެން އެ ގައުމުގައި ހިތާމައިގެ 10 ދުވަސް ވަނީ އިއުލާނު ކޮށްފަ އެވެ.
ޝެއިހް އަހުމަދު ބިން ރާޝިދު ވަނީ ދުބާއީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންކަން ކުރައްވާފަ އެވެ.