ads
ކައިވެނި ކާޑެއް ހުޅުވައިގެން ބޭންކު އެކައުންޓުން ބޮޑު އަދަދެއް ގެއްލިޖެ
ސަމާލުވޭ: ވަޓްސްއެޕް ކައިވެނި ކާޑެއް ހުޅުވައިލުމުން ބޭންކު އެކައުންޓުން ބޮޑު އަދަދެއް ގެއްލިއްޖެ
ވަޓްސްއެޕް މެދުވެރިކޮށް ފޮނުވި ޑިޖިޓަލް ކައިވެނި ކާޑެއް ހުޅުވައިލި އިންޑިއާގެ އަހުމަދްއާބާދަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ ރިޓަޔަރޑް ވިޔަފާރިވެރިއެއްގެ އަތުން 6.4 ލައްކަ އިންޑިއަން ރުޕީސް މަކަރާއި ހީލަތުން އަތުލައިގެންފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އެ މީހާއަށް ދަންނަ މީހެއްގެ ފޯނު ހެކްކޮށް، އެ ފޯނު މެދުވެރިކޮށް ފޮނުވި މެސެޖެއްގެ ސަބަބުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވޯޓްސްއަޕް މެދުވެރިކޮށް ދައުވަތު ކާޑުގެ ގޮތުގައި ފޮނުވާފައިވަނީ ނުރައްކާތެރި އޭޕީކޭ (APK) ފައިލެކެވެ. މި ފައިލް ފޯނަށް ޑައުންލޯޑްކޮށް ހުޅުވައިލުމާއެކު، އޭގައިވާ މެލިޝަސް ސޮފްޓްވެއާގެ ސަބަބުން އެ މީހާގެ ފޯނުގެ ފުރިހަމަ ކޮންޓްރޯލް ސައިބަރ ކުށްވެރިންގެ އަތްދަށަށް ދިޔަ އެވެ.

ފޯނުގެ ކޮންޓްރޯލް އަތުލައިގަތުމަށްފަހު، އެ މީހާގެ ބޭންކު އެކައުންޓުން އޭނާއަށް ނޭނގި މަކަރާއި ހީލަތުން ފައިސާ ވަނީ ޓްރާންސްފަރ ކޮށްފަ އެވެ. މިގޮތުން ޖުމްލަ 6.4 ލައްކަ ރުޕީސް އޭނާގެ އެކައުންޓުން ވަނީ އުނިކޮށްފަ އެވެ.

މި ހާދިސާއިން އެނގިގެންދަނީ ދަންނަ މީހެއްގެ ފޯނުން މެސެޖެއް އައި ކަމުގައި ވީނަމަވެސް، އެ ފޯނެއްގެ ކޮންޓްރޯލް އަތުލައިގެން ނުރައްކާތެރި ފައިލްތައް ފޮނުފާނެ ކަމެވެ. އެހެންކަމުން، ވަޓްސްއެޕް މެދުވެރިކޮށް ލިބޭ އޭޕީކޭ (APK) ފައިލްތައް ފަދަ ނޭނގޭ ފައިލްތައް ހުޅުވައި ނުހެދުމަށް ސަމާލުވާންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް