ads
ޒާހިދު
ޒާހިދަށް ދޫކުރި ގޯތި އެހެން ފަރާތަކަށް ދިނުން ކޯޓުން ހުއްޓުވައިފި
"ބިންވެރިޔާ" ސްކީމުގެ ދަށުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދަށް ހުޅުމާލެއިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ބާތިލުކުރި މައްސަލައިގައި، އެ ބިން އެހެން ފަރާތަކަށް ދިނުމާއި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފި އެވެ.
Advertisement

ސިވިލް ކޯޓުން ހައުސިން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައިވަނީ، ޒާހިދުގެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ.

ޒާހިދަށް ދޫކުރި ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީން ބާތިލުކުރީ، ގޯތީގައި ވަށާފާރު ރޭނުމުގެ ހުއްދައަށް އެދުމުން ހިންގި ވެރިފިކޭޝަން މަރުހަލާގައި އޭނާއަކީ ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ފާހަގަވުމުންނެވެ. ޒާހިދަކީ ހއ. ހަތިފުއްޓަށް ނިސްބަތްވާ މީހަކަށްވާއިރު، އެ ގޯތިތަކަކީ މާލެއަށް އުފަން މީހުންނަށް ހާއްސަކުރެވުނު ގޯތިތަކެއް ކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުން ކޯޓުގައި ބުނެފައިވަނީ ޒާހިދު ދޮގު މައުލޫމާތެއް ދީފައިވާ ކަމަށް ނުބުނާ ކަމަށާއި، ނަމަވެސް އޭނާއަށް ގޯތި ދެވިފައިވަނީ އަސާސީ ޝަރުތު ފުރިހަމަނުވަނީސް އުސޫލާ ހިލާފަށް ކަމަށެވެ.

ޒާހިދު ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޝަރުއީ ކޯޓެއްގެ ނިންމުމެއް ނެތި، އެއްބަސްވުމާ ހިލާފަށް ހައުސިން މިނިސްޓްރީން އަމިއްލައަށް ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެމުން ފާހަގަކުރީ، މިއީ ގޯތީގެ މިލްކުވެރިކަމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ މައުޟޫއީ މައްސަލައަކަށްވެފައި، ކޯޓުން ނިހާއީ ނިންމުމެއް ނިންމުމުގެ ކުރިން އެ ބިން އެހެން ފަރާތަކަށް ދީފިނަމަ އިޔާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެތީ ވަގުތީ އަމުރު ނެރެދޭންޖެހޭ ހާލަތު އެބިއޮތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް