ads
ސޯސަންމަގު އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދަނިކޮށް ނިޔާވި އަންހެން މީހާ
ސޯސަންމަގު އެކްސިޑެންޓްގައި ޒަހަމްވި އަންހެން މީހާ ނިޔާވެއްޖެ
ސޯސަންމަގު އެކްސިޑެންޓްގައި ޒަހަމްވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
Advertisement

ފުލުހުން ބުނީ  މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސޯސަންމަގުވައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ އާއިޝަތު މާހިދާ އެވެ.

މި އެކްސިޑެންޓްގައި ދެން ޒަހަމްވީ ނިޔާވި އަންހެން ކުއްޖާ އިން ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނާއެވެ. 

ފުލުހުން ބުނީ މި މައްސަލާގައި  މި 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެއީ އެތަނުން އެއް ސައިކަލު ދުއްވި ޒުވާނާކަމަށާއި އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން ވަނީ ބުނެ އެވެ. 

ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާދީފަ އެވެ. އެ އަމުރުގައިވާ ގޮތުން އަނެއް ސައިކަލްގައި ތިބި އަންހެން މީހާއާއި ފިރިހެން މީހާގެ ހާލު ސީރިއަސް އެވެ. އެމީހުންނަށް އަންނަނީ ފަރުވާދެމުން ނެވެ.

މީގެއިތުރުން ކޯޓު އަމުރުގައިވާ ގޮތުން ހައްޔަރުކުރި ޒުވާނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ ޒުވާނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް