ads
ޕާސީ ޖެކްސަންއަށް ބިނާ ކޮށް ސީރީޒްއެއް ހަދަނީ
ޕާސީ ޖެކްސަން ވާހަކަ ފޮތަށް ބިނާ ކޮށް ސީރީޒް އެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިކް ރިއޯޑަން ބުނެފި އެވެ.

"ޕާސީ ޖެކްސަން" ވާހަކަ ލިޔުނު، ރިކް ރިއޯޑަން ކުރި ޓްވީޓެއްގައި ބުނީ، ޑިޒްނީ ޕްލަސް އާއި ގުޅިގެން ޕާސީ ޖެކްސަންގެ ވާހަކަ ފޮތަށް ބިނާކޮށް ސިލްސިލާއެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، "ޕާސީ ޖެކްސަން އެންޑް ދަ އޮލިމްޕިއަންސް" ގެ ފަސް ފޮތަށް ބިނާކޮށް،" "ލައިވް އެކްޝަން" ސީރީޒެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ރިކް ރިއޯޑަން ވަނީ ބުނެފަ އެވެ. 

އެގޮތުން ޕާސީ ޖެކްސަން ގެ ފުރަތަމަ ފޮތް ކަމަށްވާ "ޕާސީ ޖެކްސަން އެންޑް ދަ ލައިޓްނިން ތީފް" އަށް ސީރީޒްގެ ފުރަތަމަ ސީޒަން ބިނާ ވެގެން ދާނެ ކަމަށްވެސް ރިކް ރިއޯޑަން އަދި އޭނާގެ އަންހެނުން ބެކީ ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން، ސީރީޒްގެ މަސައްކަތް ކުރިއަށް ގެންދާއިރު، ރިކް އަދި ބެކީ ވެސް ޑިސްނީ ޕްލަސް އާ ގުޅިގެން ވަރަށް ކައިރިން މަސައްކަތްތައް ބަލަމުން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޕާސީ ޖެކްސަން ވާހަކަ ފޮތަށް ބިނާކޮށް މީގެ ކުރިން ވެސް ވަނީ ފިލްމެއް ނެރެފަ އެވެ. އެގޮތުން ޕާސީ ޖެކްސަން ގެ ފުރަތަމަ ފޮތާއި ދެވަނަ ފޮތަށް ބިނާކޮށް ފިލްމު ނެރިފައިވާ އިރު އަސްލު ވާހަކަ އާއި ފިލްމާއި ހުރި ތަފާތު ބޮޑު ވުމުގެ ސަބަބުން ފޭނުން ވަނީ ފިލްމަށް ފާޑު ކިޔައި ނުރުހުން ފާޅު ކޮށްފަ އެވެ.

އޭގެ އިތުރުން ނެރެފައިވާ ފިލްމު ތަކަށް ފޭނުންނާއި ފާޑުކިޔުންތެރިންގެ ފާޑު ކިޔުންތައް އަމާޒު ވުމާއި ގުޅިގެން، ދެ ފިލްމު ހެދުމަށް ފަހު، ފިލްމުގެ ޕްރޮޑަކްޝަން ވަނީ ނިންމާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް