ads
ސައިކަލް މަޑިދަށުން ވަގަށް ނެގި ފައިސާ
ސައިކަލެއްގެ މަޑި ދަށުން ދޮޅު ލައްކަރުފިޔާ ވަގަށް ނަގާ އެކައުންޓަށް ޖަމާކޮށްފައި ހުއްޓާ ހޯދައިފި
ސައިކަލެެއްގެ މަޑިދަށުން ވަގަށް ނެގި ދޮޅު ލައްކަ ރުފިޔާ ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައިފި އެވެ.
Advertisement

ފުލުހުން ބުނީ  މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ އެ އިދާރާއަށް ހުށައެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. 

އެއާއި އެކު އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ އިއުތިރާފުވެފައިވާކަމަށް ފުލުހުން ބުނެ އެވެ. 

އެހެންނަމަވެސް އެމީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެމީހާ ހައްޔަރު ނުކުރާކަމަށްވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ އެ ފައިސާގެ ތެރެއިން، ވައްކަން ކިރި މީހާ ވަނީ އޭނާގެ އަމިއްލަ އެކައުންޓަށް 55،000 ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ އޭނާ ފުލުހުންނާއި މިހާރު ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ހަރަދުނުކޮށް ހުރި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް މިހާރު ޖަމާކޮށްދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި ވައްކަން ކުރި މިހާ ވަނީ  55،000 ރުފިޔާ، ބޭނުންކޮށްފައިކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް