ads
މަހެއް ނުވަނީސް ބްރެޒިލްގެ އާ ހެލްތު މިނިސްޓަރު އިސްތިއުފާދީފި
ބްރެޒިލްގެ އާ ހެލްތު މިނިސްޓަރު، ނެލްސަން ޓެއިޝް މަގާމުގައި މަހެއް ނުވަނީސް އިސްތިއުފާ ދީފި އެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓާގެ މަގާމައް ހަވާލުވިތާ ކުޑަ ދުވަސް ކޮޅެއް ފަހުން އިސްތިއުފާދީފައި މިވަނީ އެ ގައުމުގެ ރައީސް ޖައިރް ބަލްސޮނާރޯ ކޮވިޑް-19 އާ ގުޅިގެން އަމަލު ކުރަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ފަހު އެވެ. 

ބީބީސީން ރިޕޯޓު ކުރާ ގޮތުގައި، ބްރެޒިލްގައި ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެ ގައުމުގެ ސެލޫން ތަކާއި ޖީމްތައް ހުޅުވުމުގެ ހުއްދަ ރައީސް ބަލްސޮނާރޯ ދިނުމުގެ ސަބަބުން ހެލްތު މިނިސްޓަރު ވަނީ އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. 

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެއިޝް ވިދާޅުވީ ބްރެޒިލްގެ ޖިމްތަކާއި، ސެލޫންތައް އަލުން ހުޅުވާލުމަށް ބޮލްސޮނާރޯ ނިންމެވީ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތިކަމަށެވެ.

އޭގެ އިތުރުން ޓެއިޝްގެ މަސައްކަތައް ބްރެޒިލްގެ ރައީސް ބަލްސޮނާރޯގެ ފާޑުކިއުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން ބްރެޒިލްގެ އިގްތިސާދު އަލުން ހުޅުވާލުމުގައި ކުރަމުންދާ މަސައްކަތްތަކުގައި ޓެއިޝްގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ބޮލްސޮނާރޯ ވަނީ ފާޑުވިދާޅުވެފަ އެވެ.

ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓެއިޝް ވަނީ ބޮލްސޮނާރޯއަށް އެ މަގާމު ދެއްވި ކަމަށްޓަކާއި ޝުކުރު އަދާ ކޮށްފަ އެވެ. އަދި އިސްތިއުފާ ދެއްވާ ވާހަކަ އިއުލާން ކުރި ކަމުގައިވީ ނަމަވެސް އިސްތިއުފާ ދިން ސަބަބު ހާމަ ކޮށްފައެއް ނުވެ އެވެ.

ޓެއިޝްގެ ކުރިން އެ ގައުމުގައި ހުރި ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނެވި ބޭފުޅާ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަގާމުން ވަކިކުރެއްވީ ރައީސް  ބޮލްސޮނާރޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް