މި އާދާޔާޚިލާފު ގޮތަށް ކައިވެންޏަށް އެދިފައިވަނީ ޖޭމްސް ވޯލްޝް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އޭނާ ކައިވެންޏަށް އެދުނީ ކަށިވެލި މަސްތަކަށް ޚާއްޞަ ލޯތްބެއްކުރާ އޭނާގެ ލޯބިވެރިޔާ ޕޭޖް ކުކް އަށެވެ.
މި ހާއްސަ މުނާސަބަތުގައި، ޖޭމްސް އާއި ޕޭޖް ތިބީ ސްކޫބާ ޑައިވިންގ އާލާތްތައް ބޭނުންކޮށްގެން، ކަށިވެލި މަސްތައް ފީނަމުންދިޔަ އެކުއޭރިއަމްގެ ފެންގަނޑުގެ އަޑީގައި ކަކޫޖައްސައިގެންނެވެ. މޫދު އަޑީގައި ކަށިވެލި މަސްތައް ދެމީހުންގެ ވަށައިގެން ފީނަމުންދިޔަ ވަގުތު، ސްކެގްނެސް އެކުއޭރިއަމްގެ މުވައްޒަފުން ވަނީ ކައިވެންޏަށް އެދޭ މެސެޖު ލިޔެފައިވާ ބޯޑެއް ފެންގަނޑު އަޑީގައި ހިފަހައްޓައިގެން ތިބެފަ އެވެ. މިއީ ޕޭޖްއަށް މުޅިން އުއްމީދު ނުކުރާފަދަ ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ ކަމެކެވެ.
ޖޭމްސް ވޯލްޝް މިފަދަ ގޮތަކަށް ކައިވެންޏަށް އެދުމަށް ނިންމި މައިގަނޑު ސަބަބަކީ އޭނާގެ ލޯބިވެރިޔާ ޕޭޖް ކުކް އަކީ ކަށިވެލި މަސްތަކަށް ވަރަށް ބޮޑަށް ލޯބިކުރާ މީހަކަށްވާތީއެވެ. އެކުއޭރިއަމްގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއެކު ރޭވި މި ހަރަކާތަކީ ފެންގަނޑު އަޑީގައި ކުރިއަށްދިޔަ ވަރަށް ކާމިޔާބު އަދި އާދާޔާހިލާފު ހަރަކާތެކެވެ.