ads
ރަޝިޔާގެ ލެބަކުން ނުރައްކާތެރި ބައްޔެއް ލީކުވެއްޖެ
ރަޝިޔާގެ ލެބަކުން ނުރައްކާތެރި ބައްޔެއް ލީކުވެއްޖެ
ރަޝިޔާގެ ސައިބީރިއާގައި ހުންނަ ލެބޯޓްރީއަކުން ނުރައްކާތެރި ނިއުމޯނިކް ޕްލޭގްއެއް ލީކުވެ، އެ ލެބޯޓްރީގައި މަސައްކަތްކުރަމުންދިޔަ 28 އަހަރުގެ ލެބް ޓެކްނީޝަނަކު މަރުވުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
Advertisement

މި ހާދިސާއާ ގުޅިގެން އެ ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާގައި ބަލިޖެހިގެން މަރުވި ލެބް ޓެކްނީޝަނާ އެކި ގޮތްގޮތުން ބައްދަލުވެ، ސީދާ ދިމާވެފައިވާ އެތައް ސަތޭކަ މީހުން ވަނީ ދެނެގަނެފަ އެވެ. އަދި އެ މީހުންގެ ތެރެއިން ބަލި އިތުރަށް ފެތުރުނަ ނުދީ ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަނީ އެ އެންމެން މާސް ކަރަންޓީނުގެ އުސޫލުތަކުގެ ދަށުން ކަރަންޓީނުކޮށްފަ އެވެ.

މި ކަމާ ގުޅިގެން ސިއްހީ މާހިރުން ސާފުކޮށްދެއްވާފައިވާ ގޮތުގައި، ނިއުމޯނިކް ޕްލޭގަކީ އިންތިހާއަށް ނުރައްކާތެރި ބައްޔެއް ކަމުގައިވީ ނަމަވެސް، ވައިރަސް މެދުވެރިކޮށް ފެތުރޭ ނޭވާލާ ނިޒާމުގެ އެހެން ބަލިތަކާ ހިލާފަށް، މި ބައްޔަށް ލަސްނުކޮށް އަވަސް ފަރުވާގެ ގޮތުގައި އެންޓިބަޔޮޓިކްސް ދިނުމުން ކާމިޔާބުކަމާއެކު ފަރުވާ ކުރެވެއެވެ. އަދި ބަލިޖެހޭ މީހުންނަށް ވަގުތުން އެންޓިބަޔޮޓިކްސް ދެވިއްޖެނަމަ، މި ބަލިން އެއްކޮށް ރަނގަޅުކުރެވޭނެކަން ސިއްހީ މާހިރުން ވަނީ ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް