ސިފައިންގެ ހާއްސަ ހަރަކާތްތަކަށް ތައްޔާރުކޮށްފައިވާ މި ކުއްތާ ފެނިގެންދަނީ ހާއްސަ ޓެކްޓިކަލް ވަސީލަތްތަކާއެކުގައެވެ. އެގޮތުން، އެ ކުއްތާގެ މޫނަށް ހެޔޮވަރުކޮށްފައިވާ ކުޑަ ޓެކްޓިކަލް އައިނާއި، ހާއްސަ ވެސްޓެއްގެ އިތުރުން، ބޮލުގައި ހަރުކޮށްފައިވާ ކުޑަ ކެމެރާއެއް ބޭނުންކުރެ އެވެ.
މެކްސިކޯގެ ނޭޝަނަލް ގާޑުން މަޢުލޫމާތު ދޭ ގޮތުގައި، މި ކުއްތާ މިހާރު ތަމްރީނުކުރަމުން ދަނީ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށާއި، އިޖުތިމާއީ ގޮތުން އާންމުންނާއެކު ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ބައިވެރިކުރުމަށެވެ.
މެކްސިކޯގެ ސިފައިންގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، މި ކުޑަ ކުއްތާގެ ސަބަބުން ސިފައިންގެ ހިދުމަތުގައި އާންމުކޮށް ބޭނުންކުރާ ބޮޑެތި ކުއްތާތަކާމެދު އާންމުންގެ ހިތްތަކުގައި އޮންނަ އާންމު ތަޞައްވުރު ބަދަލުކޮށްދެއެވެ. އަދި މި ފަދަ ކުޑަ ކުއްތާއެއް ސިފައިންގެ ސަފުތަކުން ފެނުމުން ސިފައިންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އާންމުންގެ ހިތްތަކުގައި ސިފައިންނާމެދު އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާ ކަމަށްވެސް އޮފިސަރުން ވަނީ ބުނެފަ އެވެ.