މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެެނެކެވެ.
ފުލުހުން ބުނީ މި ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ މީހާ ވެއްޓުނީ އަމާން އުދަރެސްގެ 8 ވަނަ ޓަވަރުންނެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާ ވަނީ 15 ވަނަ ފްލޯއިން ވެއްޓުނު ގޮތަށް މަރުވެފަ އެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނޫނެވެ.