ފުލުހުން ބުނީ މި ތަކެއްޗަކި އެ އިދާރަޢަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާކަމަށެވެ.
މި މަހު 5ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފައިވަނީ 500އެމްއެލްގެ 2547 ފުޅި ބަނގުރަލާއި، 5ލީޓަރުގެ 23 ފުޅި ބަނގުރަލާއި، އެހެނިހެން ތަކެތީގެ ގޮތުގައި ނުވަ އައިޓަމްކަމަށް ފުލުހުން ބުނެ އެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ޓައްޕުގައި ހުރި ބަނގުރާ ހިމެނޭކަމަށް ފުލުހުން ބުނެ އެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެ އެވެ.