ads
ހައިވޭގައި އެކްސިޑެންޓެއް، އަންހެނެއްގެ އަތް ބިދައިގެން ގޮސް 3 މީހަކު ޒަހަމުވެއްޖެ
ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިންގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
Advertisement

ފުލުހުން ބުނީ ބުރިޖު ހައިވޭއިން، މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދުގެ ހަވީރުގެ 16:55 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. 

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ . އަދި އެކްސިޑެންޓުގައި އަންހެނެއްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް