ފުލުހުން މި މިޙުން އަތުލައިގަތީ މިދުޔަ ބުރާސްފަތި ދުވަހު ވިލިމާލޭގއި ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޮޕރޭޝަންގައި މި ތިން ފިލްމީ ތަރިންގެ އިތުރުން އަޒޭގެ ކޮއްކޮ ޝާހިލު މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މި އެންމެނެންގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި އެ ތަކެތީގެ ވިޔަފާރިކުރުމުގެ ކުށުވެ.
މި މީހުންގެ ބަންދުގެ މުއްދަތު ޖަހާ ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ހަތަރު މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހާމައަށް ބަހައްޓާފައި ހުރި ކަމަށް ސީނަށް ދިޔަ ފުލުހުން ވަނީ ބުނެ ފައެވެ. އަދި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.
މީގެއިތުރުން ހަތަރު މީހުންގެ ތެރެއިން އަޒްމީލް އާއި ވިޝާލް (ރޯމަން) އަދި ޝާހިލްގެ ބަންދު ރެކޯޑެއް އޮތްކަން ކޯޓު އަމުރުތަކުން އެނގެެއެވެ.