ads
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ
އާ ސުޕްރީމް ކޯޓު އަޅަނީ ރަސްފަންނު ކުރިމަތީގައި
ސުޕްރީމް ކޯޓުގެ އާ އިމާރާތް އަޅަން ސޯޝަލް ސެންޓަރުގެ ފުރަގަހުގައި އޮންނަ ބިން ހަމަޖައްސައިފި އެވެ.
Advertisement

ކުރީގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރެއްވި ތީމު ގޭގައި ހިންގަމުން އަންނަ ސުޕްރީމް ކޯޓު އެހެން ތަނަކަށް ބަދަލުކުރަން ނިންމިކަން އިއުލާންކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު އެވެ. 

ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވީ މާލޭގެ އެންމެ ޕްރައިމް އެއް ހިސާބުން ސްޕްރީމް ކޯޓު އަޅަން ބިމެއް ސަރުކާރުން ހަމަޖައްސާދީ ފައިވާކަމަށެވެ. އަދި އެތަނުގެ މަސައްކަތް އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ. 

އާ ކޯޓުން އަޅަން  ސަރުކާރުން ހަމަޖައްސާދިން ބިމަކީ ސޯޝަލް ސެންޓަރުގެ ފުރަގަހުގައި ބޮޑުތަކުރުފާނު މަގަށް އޮންނަ ބިމެވެ. ރަސްފަނު ކުރިމަތިން އޮންނަ އެ ބިމުން 18،000 އަކަފޫޓުގެ ސަރަހައްދެއް ކޯޓު އެޅުމަށް ވަނީ ދީފަ އެވެ. 

ފެހި ގާނޫނު އަސާސީގެ ދަށުން އުފެއްދި ސުޕްރީމް ކޯޓުގެ އިންތިގާލީ ކޯޓް އެންމެ ފުރަތަމަ ހިނގަމުން އައީ އެންމެ ފުރަތަމަ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި މުލީއާގޭގައެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން މުލިއާގެ އަލުން ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން އޭގެކުރިން ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ގަނޑުވަރަކަށް ބޭނުންކުރި ތީމުގެ ގެއަށް ސުޕްރީމް ކޯޓު ބަދަލުކުރި އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް