އެމްޑީޕީން ބުނީ ގައުމީ މަޖލީހުގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 1،000ރ. ގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ އެމްޑީޕީގެ "ޔެލޯ" އެޕް މެދުވެރިކޮށްކަމަށާއި ފޯމު ހުށައެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
ގައުމީ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ މަގާމުތައް
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހު 27 ގައެވެ. އެދުވަހު ވޯޓުލުން އޮންނާނީ މެންދުރު 14:30 އިން ރޭގަނޑު 20:30 އަށެވެ. އެދުވަހު ވަގުތީ ނަތީޖާ އިއުލާން ކުރުމަށްފަހު ނޮވެމްބަރު 30، ގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.