ކިޔޯޓޯ ޔުނިވަރސިޓީގެ ރިސާޗަރުން ހޯދި ހޯދުންތަކުން ދައްކާގޮތުގައި، ކާބޯހައިޑްރޭޓްސް ބޭނުންކުރުމުގެ ކުރިން އެކްސްޓްރާ ވާޖިން ޒައިތޫނި ތެޔޮ ކޮޅެއް ނެގުމުން ބަނޑުން ކާނާ ހަޟަމުކޮށް ހުސްކުރުމުގެ މަރުޙަލާ ލަސްކޮށްދެއެވެ. އަދި މީގެ އިތުރުން، މިކަމުގެ ސަބަބުން ހަށިގަނޑުގައި މުހިންމު ހޯމޯން ސިގްނަލްތަކެއް ހަރަކާތްތެރިވެގެންދާކަންވެސް މުޙައްޤިޤުން ވަނީ ފާހަގަކޮށްފަ އެވެ.
ކެއުމުގެ ތަރުތީބަށް ގެެނެވޭ މިފަދަ ކުޑަ ނަމަވެސް އާދަޔާޚިލާފު ބަދަލެއްގެ ސަބަބުން، ކެއުމަށްފަހު ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުން ނުވަތަ ސްޕައިކްވުން ވަރަށް ބޮޑަށް ކުޑަކޮށް، މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދެ އެވެ. މިއީ ދިރިއުޅުމުގެ އާދަކާދައަށް ގެނެވިދާނެ ފަސޭހަ އަދި ސިއްޙީގޮތުން އަސަރުގަދަ ބަދަލެކެވެ.
މި ހޯދުމަކީ ކެއުމުގެ ތަރުތީބު ބަހައްޓާ ގޮތުން ލޭގެ ހަކުރުގެ މިންވަރަށް ކުރާ އަސަރު ހާމަކޮށްދޭ މުހިންމު ސައިންސީ ދިރާސާއެކެވެ. އަދި މިއީ ލޭގެ ހަކުރު ކޮންޓްރޯލްކުރުމަށްޓަކައި ކެއުމުގެ ކުރިން ޒައިތޫނި ތެޔޮ ބޭނުންކުރުމުގެ މުހިންމުކަން އަންގައިދޭ ހޯދުމެކެވެ.