ads
ފުލުހުން ނައްތާލި ބަނގުރާ
މާލޭގައި ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި
މާލޭގައި ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި އެވެ.
Advertisement

ފުލުހުން ބުނީ މިމީޙުން އަތުލައިގަތީ އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިނގި އޮޕަރޭޝަނެއްކަމަށެވެ. 

މި އޮޕަރޭޝަން ކުރިއަށް ދަނީ ހ. މާދޫގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާގައި ކަމަށް ފުލުހުން ބުންޏެވެ. އެތަނުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުންގެ ޑުރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ފެށި އެ އޮޕަރޭޝަނަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އެކި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދާ ކަމުގެ މައުލޫމާތު ލިބިގެން، ކައުންޓާނާކޮޓިކްސްއާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން، މާލެ ތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ މީހުން ދެނެގަނެވި، މާދޫގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް