ads
މީގެކުރިން ފުލުހުން ހިފެހެއްޓި ފައިސާތައް އަޅާފައި ހުރި ސީރިއަލް ޕެކެޓުތައް
ވަގަށް ބޭރުކުރަން އުޅުނު ބޭރު ފައިސާ އަތުލައިގެންފި، 9 ލައްކަ ރުފިޔާއަށްވުރެ މަތި
ވަގަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ކަސްޓަމުން އަތުލައިގެންފި އެވެ.
Advertisement

ކަސްޓަމުން ބުނީ މި ފައިސާތައް އަތުލައިގަތީ މިމަހުގެ 7 ވަނަދުވަހު ރާއްޖެއިން ބޭރަށް ފުރަން ދިޔަ އިންޑިއާ މީހެއްގެ އަތުންކަމަށެވެ. 

ކަސްޓަމްސް އަސް ޑިކްލެއާ ނުކޮށް ބޭރުކުރަން އުޅުނު މި ފައިސާތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި މީމީހާ އަތުން އަތުލި ބޭރު ފައިސާގެ އަދަދު ނުވަލައްްކަށް ފަސްހާސް ދިވެހި ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް ކަސްޓަމުން ބުނެ އެވެ.

ދާދީ ފަހުން ވަނީ ސީރިއަލް ޕެކެޓް ތަކެއްގެ ތެރޭގައިވެސް ބޭރު ފައިސާ ފޮރުވައިގެން ވަގަށް ބޭރުކުރަން މަސައްކަތް ކުރަނިކޮށް މިދިޔަ މަހުގެ ތެރޭގައި އަތުލައިގެންފަ އެވެ. އެފަހަރު އަތުލައިގެން ބޭރު ފައިސާގެ އަދަދު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ އެއްވަރުކަމަށް ކަސްޓަމުން ވަނީ ބުނެފަ. އެވެ. އެ މައްސަލާގައި ހަ ބީދޭސިން އަތުލައިގަނެ އެމީހުންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުކޮށް 10 ދުވަހަށް ބަންދު ވަނީ ޖަހާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް