ads
ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު
ކުށް ސާބިތުނުވެ މުދާ ނެގޭނީ ހާއްސަ ހާލަތްތަކުގައި ހައިކޯޓު މެދުވެރިކޮށް: ފަޒާދު
ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލުގެ ދަށުން، ކުށް ސާބިތުވުމުގެ ކުރިން މުދާ ނެގޭނީ ތުހުމަތުކުރެވޭ މީހާ މަރުވުން ނުވަތަ ފިލައިގެން އުޅުން ފަދަ ހާއްސަ ހާލަތްތަކުގައި ހައިކޯޓުގެ އަމުރަކުން ކަމަށް، އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލުގެ ބަހުސް ނިންމާލަމުން ފަޒާދު ވިދާޅުވީ، ބިލުގެ 74 ވަނަ މާއްދާގައި ދައުވާކުރުމުގެ ފުރުޞަތު ނުލިބޭ 3 ހާލަތެއްގައި މުދާ ނެގޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. ބިލުގެ މަޤްޞަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވުމާއި، އެފަދަ މުދަލުން އިތުރު މަންފާއެއް ހޯދުމުގެ މަގު ބަންދުކުރުމެވެ.

ބިލުގެ މުހިންމު ނުކުތާތައް:

މުދާ ނެގޭނެ ހާލަތްތައް: ކުށުގެ ތުހުމަތުކުރެވޭ މީހާ މަރުވުން، ފިލައިގެން އުޅުން، ނުވަތަ ދައުވާކުރުމުގެ ފުރުޞަތު ނުލިބޭ އެނޫންވެސް ހާލަތްތަކުގައެވެ.

މިފަދަ ހާލަތްތަކުގައިވެސް މުދާ ނެގޭނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހައިކޯޓަށް ހުށަހަޅުއްވައި، އެ ކޯޓުގެ އަމުރެއް ލިބިގެންނެވެ. މި ބިލުގެ ތިންވަނަ ކިއުން މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު، ދެން އޮންނާނީ ބިލު ފާސްކުރުމާމެދު މަޖިލީހުގައި ވޯޓަށް އެހުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް