ads
ނޭޕާލްގައި ފެންބޮޑުވެ، ގެތައް ސުނާމީއެއްހެން ދަމައިގަނެފި
އަނެއްކާވެސް ނޭޕާލްގައި ފެންބޮޑުވެ، ގެތައް ސުނާމީއެއްހެން ދަމައިގަނެފި
ނޭޕާލްގެ ގޯރްކާ ޑިސްޓްރިކްޓަށް ކުރިމަތިވި މޫސުމީ ބޯ ވިއްސާރައިގައި ކުއްލިއަކަށް ފެންބޮޑުވެ، އެ ސަރަހައްދުގެ މީހުން ދިރިއުޅޭ ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
Advertisement

މި ހާދިސާގައި ބުދީ ގަންދަކީ ކޯރުގެ ވާދީ ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ މުޅި ގެތައް ވަނީ ފެންގަނޑުގެ ތެރެއަށް ދަމައިގަނެގެން ގޮސްފަ އެވެ.

މޫސުމީ ބާރުގަދަ ވިއްސާރައިގެ ސަބަބުން ކުއްލިއަކަށް އައި ފެންބޮޑުވުމުގެ ހާދިސާގައި، ބުދީ ގަންދަކީ ކޯރުގެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ގެތައް ސުނާމީއެއް ފަދައިން އޮޔާދަމައިގަނެގެން ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ މީހުން ދިރިއުޅޭ ގޭތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި ނުރައްކާތެރި ކުއްލި ހާދިސާއާ ގުޅިގެން ނޭޕާލްގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުއްލި ނުރައްކަލުގެ އިންޒާރުގެ އެސްއެމްއެސް މެސެޖުތައް ފޮނުވާފައެވެ. މި އިންޒާރުގެ މެސެޖުތަކުގައި ވަނީ، ރައްކާތެރިކަން ހޯދުމުގެ ގޮތުން ލަސްނުކޮށް ވަގުތުން ވަގުތަށް އުސް ސަރަހައްދުތަކަށް ބަދަލުވުމަށް އެންމެހާ އާންމުންނަށް އަންގާފައެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ ސަރަހައްދުގެ ހާލަތު މޮނިޓަރުކޮށް، އާންމުން އުސް ސަރަހައްދުތަކަށް ބަދަލުވުމުގެ ކަންކަން ބަލަހައްޓަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް