ads
މިއަހަރު ހައްޖަށްދާ ދިވެހި ހައްޖުވެރިން ފުރަނީ
ހައްޖު ކިއުގައި 3 އަހަރުވެފައިވާ 70 އަހަރު މަތީ އެންމެން މިއަހަރު ހައްޖަށް ގެންދަނީ
ހައްޖު ކިއުގައި 3 އަހަރުވެފައިވާ 70 އަހަރު މަތީ އެންމެން މިއަހަރު ހައްޖަށް ގެންދަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރުޒުލް އަބްދުލް ހަލީލް ވިދާޅުވީ ސަރުކާރުގެ މި ނިންމުމާއި އެކު މިއަހަރު ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ތިންބައި ކުޅަ އެއްބައި ހާއްސަވާނީ އުމުރުން ދުވަސްވީ މީހުންނަށްކަމަށެވެ. އެގޮތުން މިއަހަރު 70 އަހަރު މަތީގެ 324 މީހުން ހައްޖަށް ގެންދާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި މީގެތެރޭގައި 75 އަހަރުން މަތީގެ 86 މީހުން އެބަތިބިކަމަށާއި އެމީހުންނާއި އެކު އާއިލާ މީހަކަށް ހައްޖަށް ދެވޭނެކަަމަށެވެ.

ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތައްކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތައްކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

" އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ލިބިދެވޭނެއެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުސަތު ލިބިދެވޭނެއެވެ." ފިރުޒުލް ވިދާޅުވި އެވެ.

މި އުސޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދޭނެކަމަށްވެސއް ފިރުޒުލް ވިދާޅުވި އެވެ. 

އެހެންކަމުން މި އުސޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 މީހުންނަށް ހައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމައްޗެއް ނުވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ހައްޖުވެވޭނެކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ހައްޖު ކިއުގައި ތިބި އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުސަތު ނުގެއްލޭނެހެން އިސްކަންދޭނެކަންވެސް ފިރުޒުލް ފާހަގަކުރިއެވެ.

މި އުސޫލުތަކުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް، މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ހައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް