ads
ހަލީލް
ރަސްމާލެ މަޝްރޫއާ މެދު ސުވާލުތަކެއް އުފައްދާ ޖަވާބުދޭން ކުރީގެ މިނިސްޓަރު ހަލީލް ގޮވާލައްވައިފި
ރަސްމާލެއިން 500 ހެކްޓަރު 99 އަހަރަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ކުރިއަށްގެންދާ މަޝްރޫއުއާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ގިނަ ސުވާލުތަކެއް ޖަވާބު ސަރުކާރުން ރައްޔިތުންނަަށް ދިނުމަށް މި ސަރުކާރުގައި ކުރީގެ ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލު ގޮވާލައްވައިފި އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްޤިގެ ދުވެލީގައި ރާއްޖެ ކުރިއަރައި ދިއުމަކީ ނާދިރުކަމެއްކަމަށެވެ.  އެފަދަ ޕްރޮޖެކްޓްތައް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒު ވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބު ވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށްވެސް ހަލީލް ވިދާޅުވި އެވެ.  އާންމުވެފައިވާ މައޫލޫމާތު ތަކަށް ބަލާއިރު ރަސްމާލެ ޕްރޮޖެކްޓަކީވެސް އާދަޔާ ހިލާފަށް ބޮޑު މަޝްރޫޢުއެއްކަމަށާއި ނަމަވެސް، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ހަލީލް ވިދާޅުވި އެވެ. 

އަޅުގަނޑު ދެކޭ ގޮތުގައި، ގައުމާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން. 

ހަލީލް ވަނީ ރަސްމާލެ މަޝްރޫއާ ގުޅިގެން 7 ސުވާލެއް ކުރިމަތިކުރުވާ ސަރުކާރުން ޖަވާބު ދިނުމަށް ގޮވާލައްވާފައެވެ. 

އެގޮތުން:

1. ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟

2. ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟

3. އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟

4. އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟

5. ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟

6. 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟

7. މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟

ހަލީލް ވިދާޅުވީ އަދި މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމްކަމަށެވެ. 

82%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް