ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާދޫގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއު އެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ޖަހާފަ އެވެ. ބަންގްލޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އެމްޑީ ރަކިބް ހޮސެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.
އޭނާގެ ބަންދުގެ އަމުރުފައިވާ ގޮތުން ފުލުހުން ހިންގި އޮޕަރޭޝަންގައި ހ. މާދޫގެއިން 814 ފުޅި ރާ ވަނީ ފެނިފައެވެ. އެގޮތުން އެގޭ ފުރަތަމަ ފަންގިފިލާއިން 320 ފުޅީ ބަނގުރާވަނީ ފެނިފަ އެވެ. އަދި އެގޭ 5 ވަނަ ފަނގިފިލާއިން 504 ފުޅި ބަނގުރާ ވަނީ ފެނިފައިވާކަމަށް ކޯޓު އަމުރުގައި އެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް އިއްޔެ ވިދާޅުވީ، މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.