ads
ސުޕްރީމް ކޯޓު
ރަސްމާލެ އެއްބަސްވުމުގެ މައްސަލަ ސުޕްރީމް ކޯޓުން ރިޖެކްޓް!
ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
Advertisement

ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ، އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން ފުރަތަމަ މަރުޙަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައަކަށް ނުވާތީ އެވެ.

ރަޖިސްޓްރާގެ މި ނިންމެވުމާމެދު ހިތްހަމަނުޖެހޭނަމަ، 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހުތިޔާރު އަލީ ހުސައިންއަށް ލިބިވަޑައިގަންނަވަ އެވެ.

ސެޕްޓެމްބަރު 21، 2026 ގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އީގަލް ހިލްސްއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 99 އަހަރަށް ބިން ދޭން ނިންމާފައިވަނީ ގާނޫނުއަސާސީގެ 250، 251 އަދި 268 ވަނަ މާއްދާއާ ހިލާފަށް ކަމަށް މި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެއްބަސްވުން ބާތިލުކުރުމުގެ އިތުރުން، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް