ads
ފޮޓޯ: އުރީދޫ ގްރޫޕް
ދޯހާ މެރެތަންގައި ބައިވެރިވުމުގެ 10 ފުރުސަތު އުރީދޫއިން ހުޅުވާލައިފި
އަންނަ އަހަރުގެ ދޯހާ މެރަތަންގައި ބައިވެރިވުމުގެ 10 ފުރުސަތު ދޭ ހާއްސަ ގިވްއަވޭއެއް އުރީދޫން ފަށައިފި އެވެ.
Advertisement

ދުޅަހެޔޮ ދިރިއުޅުމަކާއި، ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން މުވާސަލާތީ ހިދުމަތްތަކުގެ ބޭރުން މާނަހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ، މި ސަރަހައްދުގައި ބޭއްވޭ ބައިނަލްއަގުވާމީ އެންމެ ފާހަގަކޮށްލެވޭ އެއް ދުވުމުގެ މުބާރާތުގައި ބައިވެރިވުމަށް ދިވެހި ދުވުންތެރިންނަށް ލިބިގެންދާނެ ފުރުސަތެކެވެ.

މި ގިވްއަވޭއިން ނަސީބުވެރި 10 ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފަރާތަކަށްވެސް އުރީދޫ ދޯހާ މެރެތަން 2027 ގައި ބައިވެރިވުމަށް ހިލޭ ރަޖިސްޓްރޭޝަން ލިބިގެންދާނެ ކަަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

މި ދުވުމުގައި ބައިވެރިންގެ ދުޅަހެޔޮކަމާއި ދުވުމުގެ އަމާޒުތަކަށް ބިނާކޮށް، ރޭހުގެ ހަތަރު ކެޓަގަރީގެ ތެރެއިން ކެޓަގަރީއެއް ހިޔާރު ކުރެވޭނެ އެވެ. އެ ދުވުމުގެ ކެޓަގަރީތަކަކީ:

- 5 ކިލޯމީޓަރު ދުވުން

- 10 ކިލޯމީޓަރު ދުވުން 

- ހާފް މެރަތަން

- ފުލް މެރަތަން

މިއީ އެކި ފެންވަރުގެ ދުވުންތެރިންނަށް ބައިވެރިވެވޭނެ ދުވުމެކެވެ. 

އުރީދޫން ބުނީ އެ ކުުންފުންޏަކީ ހަރަކާތްތެރިވެ އުޅުމަށް ބާރު އަޅާ، ދުޅަހެޔޮކަން ޕްރޮމޯޓުކޮށް، ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. ދޯހާ ދުވުމުގެ ގިވްއަވޭ އަކީ އެ މަގުސަދުގައި، ދިވެހި ދުވުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ގިވްއަވޭއެއް ކަމަށް ބުންޏެވެ. 

މި ގިވްއަވޭ އަށް އުރީދޫ ވެބްސައިޓުން މާދަމާގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ އެވެ. މުޅި ރާއްޖޭގައި ތިބި ދުވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ހާއްސަ ފުރުސަތުގެ ބޭނުން ހިފައި، ދުވުމަށް އޮންނަ ލޯބި ބައިނަލްއަގުވާމީ މައިދާނަށް ގެންދިއުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ހިތްވަރުދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް