ads
މަހިންދާ ރާޖަޕަކްސާ އާއިލީ ބޭފުޅުންނާ އެކު އަނބިކަބަލުން (ކ). -- ފޮޓޯ:އޭއެފްޕީ
ރާޖަޕަކްސާ އަދި އަނބިކަނބަލުން ވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ސިއްހީ ފަރުވާ ދިނުމަށް ހަސްފަތާލުގައި އެޑްމިޓުކުރިއިރު ހިޔާނާތުގެ މައްސަލައެއްގައި ވެލިކަޑަ ޖަލުގައި ބަންދުކޮށްފައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ސިއްހީ ހާލުކޮޅު ދެރަވެ، ކޮޅުނބުގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
Advertisement

ރާޖަޕަކްސަގެ ސިޔާސީ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)އިން ބުނީ އޭނާ ހަސްފަތާލަށް ގެންގޮސްފައި ވަނީ 12 އޮކްޓޯބަރުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި ވަގުތު އޭނާ އޮންނެވީ އައިސީޔޫގައި އޮބްޒަވޭޝަންގައި ކަމަށް ވެސް އެ ޕާޓީއިން ބުނެފައިވެ އެވެ.

ރާޖަޕަކްސާގެ އަރިސްބޭފުޅުންނާ ހަވާލާދީ. ޑެއިލީމިރާ ނޫހުން ބުނީ ހިތުގެ މައްސަލަތަކެއް ދިމާވެގެން، ނަވަލޯކާ ހޮސްޕިޓަލްގައި އޭނާ އެޑްމިޓްކުރީ މިއަދު ހެނދުނު ކަމަށެވެ. ރާޖަޕަކްސާގެ ހާލަތު ގޯސްވީ އަމިއްލަފުޅު ގޭގައި ހުންނަވަނިކޮށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އައިސީޔޫގައި ރާޖަޕްސާއަށް ފަރުވާދެމުން އަންނަނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުންނެވެ. 

ރާޖަޕަކްސާގެ އަރިސްބޭފުޅުން ޑެއިލީމިރާއަށް ވިދާޅުވި ގޮތުގައި ފަހަކަށް އައިސް އޭނާ ވަނީ ހިތުގެ ގިނަ ޓެސްޓްތަކެއް ވެސް ހައްދަވައިފަ އެވެ. 

ރާޖަޕަކްސަ ހަސްފަތާލުގައި އެޑްމިޓުކޮށްފައި މި ވަނީ އޭނާގެ ޢާއިލާގެ ބައެއް މެންބަރުންނާ ގުޅޭ ތަހުގީގުތަކެއް ސްރީ ލަންކާގެ އިދާރާތަކުން ކުރަމުންދާ ވަގުތެއްގަ އެވެ. އެ ގޮތުން އޭނާގެ އަނބިކަނބަލުން ޝިރާންތީއާއި ދޮށީ ދަރިކަލުން ނަމާލް ހިމެނޭ ފައިސާއާ ގުޅޭމައްސަލަތަކެއް ދަނީ ތަހުގީގުކުރަމުންނެވެ.

ލަންކާ ސަރުކާރުން ޝިރާންތިއަށް ކުރީ ރާޖަޕަކްސާ ވެރިކަމުގައި ހުންނެވި އިރު ޝިރާންތި ހިންގެވި، އެހީދޭ ޖަމިއްޔާއަކަށް ލިބުނު ފައިސާ ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ. އެ މައްސަލާގައި ލަންކާ ފުލުުހުން ފުރަތަމަ އޭނާއާ ސުވާލުކުރީ ދިރިއުޅުއްވާ ގެކޮޅުގަ އެވެ. އޭގެ ފަހުން ކޯޓަކަށް ހާޒިރުކުރުމުން އަމުރުކުރީ އޭނާ ބަންދުކުރާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް