ads
ދިހެރެޔާ އެޕާޓްމަންޓް
އެސްޖޭ ދިހެރެޔާ އެޕާޓްމަންޓުތައް ގަތުމަށް ހުޅުވާލައިފި
އެސްޖޭ ގްރޫޕުން އިމާރާތް ކޮށްފައިވާ އެސްޖީ ދިހޭރެޔާ އެޕާޓްމަންޓުތައް ގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
Advertisement

އެސްޖީ ގްރޫޕްސް އިން އާންމުކޮށްފައިވާ ގޮތުގައި މި އެޕާޓްމަންޓް ބިލްޑިން އިން ހުޅުމާލޭގެ ބީޗްގެ ހިތްގައިމު މަންޒަރު ފެނިގެންދާނެ ކަމުގައި އެވެ. 

މި ރެސިޓެންސީން 90 އެޕާޓްމަންޓު ވިއްކުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

your imageދިހެރެޔާ އެޕާޓްމަންޓް

މި ރެސިޓެންސީގައި އިންފިނިޓީ ޕޫލް، ކޮމަން ޓެރެސް، ޖިމް، ބޭސްމަންޓު ޕާކިން، 24/7 ސެކިއުރިޓީ އަދި ގާބޭޖް ސޫޓް އެއް ހިމެނޭނެ އެވެ. 

މި ރެސިޓެންސީން ވެލާނާ އިންޓާނޭސިނަލް އެއާޕޯޓް ފްލައިޓް އަދި ސީޕްލޭން ނައްޓާލާތަން ފެނިގެންދާނެ ދަނޭ ކަމަށާއި މީގު އިތުރުން ވެސް އެތަށް ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

your imageދިހެރެޔާ އެޕާޓްމަންޓް

މި ބިލްޑިންއިން ފަސޭހަ ކަމާއި އެކު ހުޅުމާލޭ ފެރީ ޓާމިނަލް އަށް، ވެލާނާ އިންޓާނޭސިނަލް އެއާޕޯޓް، ސެންޓްރަލް ޕާކް އަދި އެހެންވެސް މުހިންމު ތަންތަނަށް ފަސޭހަކަމާއި އެކުގައި ދެވޭނެ އެވެ. 

މި އެޕާޓްމަންޓުތައް ގަންނަން ބޭނުންވާ ފަރާތަކުން އެސްޖީ ގްރޫޕްގެ ވެބްސައިޓުން ފަސޭހަކަމާއި އެކު އެކަން ކުރެވިގެންދާނެ އެވެ. 

އެސްޖޭ ދިހެރެޔާ ރެސިޑެންސް ތަރައްގީކުރާ އެސްޖޭ ގްރޫޕަކީ 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. 

އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތަކާއި އާންމު ދިރިއުޅުމަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފަ އެވެ.

62%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް