ads
އެސްޓީއޯގެ ފިހާރައިގައި ބައެއް ކަސްޓަމަރުން ހަރަކާތްތެރިވަނީ - ފޮޓޯ: މިހާރު
ވިއްކާ މުދަލުގައި އަގު ޖަހަން އިލްތިމާސްކޮށްފި
ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހަން އިކޮނޮމިކް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
Advertisement

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް ނޫނީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގާނޫނުގައި ބުނެފައިވާ ގޮތަށް، މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ ވިޔަފާރި ކުރާ ތަންތަނުގައި ނުވަތަ ވިއްކާ މުދަލުގައި ދެ ގޮތަކަށް އަގު ޖަހާފައިވާ ނަމަ ކަމަށެވެ. އެއީ:

  • މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން

  • އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާ އެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭ ގޮތަށް ހުރުން

އެ މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓާކޮށް، ގާނޫނާއި ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް