ads
ކުލި ނުދައްކާތީ ދެ ފްލެޓެއް ހުސްކުރަން އެފްޑީސީން އަންގައިފި
ހުޅުމާލޭގައި ހުންނަ 4000 ފްލެޓޤގެ ތެރެއިން ދެ ފްލެޓަކުން ގަވައިދުން ކުލި ނުދައްކާތީ އެތަންތަން ހުސްކުރަން އަންގާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
Advertisement

އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ  މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސން ޔުނިޓު ހަވާލުކުރުމުގެ ކުރިން މިކޯޕަރޭޝަނާއެކު ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި
މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.  އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދެވުނުކަމަށް އެފްޑީސީން ބުނެ އެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކުލި ދެއްކުމަށް ފޮނުވޭ ނޯޓިސް (ޕޯމަންޓް ޑ ފޯލްޓް ނޯޓިސް) ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާކަމަށް އެފްޑީސީން ބުނެ އެވެ. މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އިމެއިލް އަދި ލިޔުމުން ހަވާލުކުރެވިފައިވާކަމަށްވެސް އެފްޑީސީން ބުނެ އެވެ. 

ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ފުރުސަތުތަކެއްދެވި، ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައިރުގައިވެސް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައިކަމަށް އެފްޑީސީން ބުނެ އެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް ވަނީ ކަނކާލާފައިކަމަށްވެސް އެފްޑީސީން ބުނެއެވެ. 

އިސްވެބަޔާންކޮށްފައިވާ ފިޔަވަޅުތަކަކި އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒުކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅުތަކެކެވެ. ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ނޯޓިސް ދެވި، ޒިންމާތައް އަދާކުރުމަށް- ފުރުސަތު ފަހިކޮށްދިނުމާއެކު، ހައުސިން ޔުނިޓުތައް. ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އެފްޑީސީން އަބަދުވެސް، އިސްކަންދޭނެއެވެ.

އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން
މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކެވުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށްވެސް އެފްޑީސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް