ads
ފެނަކަގެ ކުރީގެ އެމްޑީ އަފީފް
ފެނަކަ އެމްޑީކަމުން ވަކިކުރި އަފީފަށް ސްޓޭޓް މިނިސްޓަރުކަން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު އަފީފު ހުސައިން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފި އެވެ.
Advertisement

މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފެނަކަގެ އެމްޑީކަމަށް އައްޔަންކުރި އަފީފް އެ މާގާމުން ވަކިކުރީ އިއްޔެ އެވެ. ޕީސީބީން ބުނީ އަފީފް ފެނަކަގެ އެމްޑީގެ މަގާމުން ވަކިކުރީ އެ ކުންފުނި އުވާލަން ނިންމާފައިވާތީކަމަށެވެ. 

ފެނަކަގެ އެމްޑީގެ މަގާމުން އަފީފް ވަކިކުރުމަށް ފަހު އޭނާ ވަނީ އެންވަޔަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފަ އެވެ. މިކަން އަފޫފް ވަނީ ބައެއް މީޑިއާތަކަށް ޔަގީންކޮށްދެއްވާ ފައެވެ. 

ފެނަކަ އުވާލާ އެ ކުންފުނިން ކުރަމުން އައި ކަރަންޓްގެ މަސައްކަތްތައް ސްޓެލްކޯއަށް ހަވާލުކުރަން ނިންމާ މިދިޔަ މަހުގެ 7 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ އެކަން އިއުލާންކުރައްވާފަ އެވެ. ފެނަކައިގެ އިތުރުން އާރުޑީސީވެސް އުވާލާ އެތަނުގެ މަސައްކަތް އެމްޓީސީސީއަށް ބަދަލުކުރަންވެސް ރައީސްް ވަނީ ނިންމަވާފައެވެ. އަދި އެގްރޯ ނެޓްވެސް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް