ads
ފުލުހުން ޓްރެފިކް ބަލަހައްޓަނީ
ވަގު ސައިކަލެއް ދުއްވި ލަންކާ ދެމީހުން ހައްޔަރު
ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން، ވަންވޭއާ އިދިކޮޅަށް ދުއްވި ސްރީ ލަންކާގެ ދެ ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 25 އަހަރާއި 29 އަހަރުގެ ލަންކާގެ ދެ ރައްޔިތުންނެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުން އަތުލައިގަތީ އިއްޔެ ދަންވަރު 2:00 ގެ ފަހުން، ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ސައިކަލު ދުއްވާފައި ދަނިކޮށް، މާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނިގެން ހުއްޓުވުމަށް ފަހުގަ އެވެ.

ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމުގެ ސަބަބުން، ފުރަތަމަ ފުލުހުން ވަނީ އެ ސައިކަލު ޓޯ ޔާޑަށް ގެންގޮސްފައެވެ.  ޯ ޔާޑަށް ގެންގޮސް ސައިކަލު އިތުރަށް ބެލުމުން، ސައިކަލުގައި ހުރި ނަންބަރު ބޯޑާއި އޭގެ އިންޖީނު އަދި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަކުރެވުނެވެ. އަދި ފުލުހުންގެ ސިސްޓަމް މެދުވެރިކޮށް ބެލިބެލުމުން، އެއީ ވައްކަންކޮށްފައިވާ ސައިކަލެއްކަން ވަނީ ކަށަވަރުވެފަ އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް