މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން މި ހިލަ ބަސްތާ ވެއްޓުނީ ކުރީގެ ހަބީބް ބޭންކު ހުރި ތަނުގައި ހަދަމުން އަންނަ އިމާރާތުގެ މަތިންނެވެ. އެ އިމާރާތަކީ ބީސީސީގެ އާ އޮފީސް އިމާރާތެެވެ.
މަތިން ވެއްޓުނު ހިލަ ބަސްތާ މަގުމަތީގައި
ވީޑިއޯއިން ފެންނަ ގޮތުން ބާރު ސްޕީޑުގައި އައި ހިލަ ބަސްތާ ވެއްޓި މަގުމަތީގައި ޖެހެެނީ އެމަގުން ސައިކަލްގައި ދިޔަ އަންހެނަކު އެ ސަރަހައްދު ހުރަސްކުރާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. އަދި ބަސްތާ ވެއްޓީ ޖެހެނީ އޭނާގެ ފަހަތުން އެމަގުން ސައިކަލުގައި ދިޔަ ފިރިހެނެއްގެ ކުރި މައްޗަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވެ ސަލާމަތްވެފައި މިވަނީ ހަމަ ކިރިޔާ އެވެ.
ހިލަ ބަސްތާ ވެއްޓުނު އިމާރާތުގެ މަސައްކަތް ކުރާ މީހުން އެ ބަސްތާ ނަގާ މަގުމަތި ސާފުކުރަނީ
އެ ބަސްތާ ވެއްޓުނުތާ އިރުކޮޅެއް ނުވަނީ އެ އިމާރާތް ހަމަދުންދާ ފަރާތްތަކުން ވަނީ ހިލަ ބަސްތާ މަގުމަތިން ނަގާ އެ ސަރަހައްދު ސާފުކޮށްފައެވެ.
މިކަމާއި ގުޅިގެން ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ.