ads
އަތަމާ ޕެލަސް ރެސްޓޯރަންޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގޭސް ފުޅި
އަތަމާ ޕެލަސް ރެސްޓޯރަންޓްގެ ގޭސްފުޅީގައި ރޯވެއްޖެ
އަތަމާ ޕެލަސް ރެސްޓޯރަންޓްގެ ގޭސްފުޅީގައި ރޯވެ އެތަނަށް ގެއްލުންތަކެެއް ލިބިއްޖެ އެވެ.
Advertisement

މަޖީދީމަގު ހުންނަ "އަތަމާ ޕެލެސް"ގެ ތިރީގައި ހިންގާ ރެސްޓޯރެންޓްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު 17:27 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެ ރިޕޯޓް ލިބުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ މާލޭ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް  ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  17:44 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ ރެސްޓޯރަންޓްގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ރޯވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް