ads
ރަތަފަންދޫ ކައިރީ އޮން ދޯނިގިއްލާ ފަޅުގައި މެރިކަލްޗަރ މަސައްކަތް ކުރަން އެދޭ ފަރާތަކުން ހުށައަޅަން ވަނީ ހުޅުވާލާފައި
ދޯނިގިއްލާގެ ފަޅުތެރޭގައި މެރިކަލްޗާ ޕްރޮޖެކްޓްއެއް ހިންގާނެ ބަޔަކު ހޯދަނީ
ދޯނިގިއްލާގެ ފަޅުތެރޭގައި މެރިކަލްޗަރ ޕްރޮޖެކްޓްއެއް ހިންގާނެ ބަޔަކު ހޯދަން ގދ. ރަތަފަންދޫ ކައުންސިލުން އިއުލާންކޮށްފި އެވެ.
Advertisement

ގދ. ރަތަފަންދޫގެ ކައުންސިލުން ބުނީ އެރަށުގެ އިހްސާސްގެ ތެރޭގައި ހިމެނޭ ދޯނިގިއްލާގެ ފަޅުތެރޭގައި މެރިކަލްޗާ ޕްރޮޖެކްޓްއެއް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ހުޅުވާލީ އެކަމަށް ބައެއް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރުމުން ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތެއްދީ އެންމެ އެކަށީގެންވާ ހުށަހެޅުމަށް ހޯދުމަށް ކައުންސިލް އިން ނިންމުމާއި ގުޅިގެންނެވެ.

އެހެންކަމުން އެ ސަރަހައްދުގައި މެރިކަލްޗަ ޕްރޮޖެކްޓްއެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވާ ހޯމަ ދުވަހުގެ ކުރިން ބީލަމުގައި ރެޖިސްޓްރީވުމަށް ވަނީ އެދިފަ އެވެ. އަދި ޕްރޮޖެކްޓަށް ބިޑް ހުށައަޅަން ޖެހޭނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 11؛00 ގެެ ކުރިންކަމަށްވެސް ރަތަފަންދޫ ކައުންސިލުން ބުނެ އެވެ. 

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތުގެ ކުލީގެ ގޮތުގައި ކައުންސިލަށް މަހުން މަހަށް ދެއްކުމަށް ހުށަހަޅާ އަގު ހިމަނަން ޖެހޭނެކަަމަށް ރަތަފަންދޫ ކައުންސިލުން ބުނެ އެވެ. އަދި އެ އަގު ވާން ޖެހޭނީ އެ މަސައްކަތުގެ ކުއްޔަށް ކައުންސިލުން ފާސްކޮށްފައިވާ އެންމެ ކުޑައަގު 0.25 ރުފިޔާ ކުޑަ މނޫން އަގެއްކަމަށްވެސް އެ ކައުންސިލުން ބުނެ އެވެ. 

މީގެއިތުރުން ފަޅުތެރޭގައި އެ މަސައްކަތް ކުރުމަށް  އެދޭ މުއްދަތާއި މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔެކިޔުން ހުށަހަޅަން ބޭނުންފުޅުވާނަމަ ހުށައެޅިދާނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. 

މެރިކަލްޗަރ ފާމަށް  ހުއްދަ ދިނުމުގައި ކައުންސިލުން އިސްކަންދޭނީ އެންމެ އެކަށީގެންވާ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށާއި، ދިގު މުއްދަތަކަށް މި މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށްކަމަށް ރަތަފަންދޫ ކައުންސިލުން ބުނެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް