ads
ރައްޔިތުން މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރަން ނިންމައިފި
ރައްޔިތުން މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ ރައީސްގެ މިހާރުުގެ މުސާރައަކީ 73،125 ރުފިޔާއެވެ. އެހެންނަމަވެސް މަޖލީހުގެ ނައިބު ރައީސަށް މުސާރައިގެ ގޮތުގައި 91،000 ލިބޭކަމަށް މަޖިލީހުގެ އިދާރާއިން ކޮމެޓީގައި މިއަދު ބުނެފައިވެއެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މުސާރަ ކުޑަވުމުން މުސާރަ ބޮޑުކުރަން 22،000 ރުފިޔާގެ އެލަވަންސެއް ހިމަނަން ވަނީ ހުށައަޅާފައެވެ. 

އެގޮތުން މި ގެނެވުނު ބަދަލާއި އެކު މަޖލީހުގެ ރައީސްގެ މުސާރައަކީ 95،125 ރުފިޔާއަށް ބަދަލުވެގެން ދާނެ އެވެ. މަޖިލީހުގެ މެމްބަރެއް މުސާރައަކީ 82،500 ރުފިޔާ އެވެ. 

މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމުގެ އިތުރުން މިނިސްޓަރުންނަށް ދޭ ކާރު އެލަވަންސްގެ އަދަދުވެސް ބޮޑުކުރަން ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް