މި ފިޔަވަޅު އަޅާފައިވަނީ އެއްފަހަރާ ގިނަ އަދަދަކަށް ފޯނު ގަތުމަށްފަހު ބޮޑު އަގުގައި އަލުން ވިއްކާ މައްސަލަ ހުއްޓުވުމުގެ މަގުސަދުގައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ހިފެހެއްޓުން ގެނެސްފައިވަނީ އެޕަލްގެ އައިފޯން 17 ސީރީޒް ހިމެނޭހެން އެންމެ ފަހުން ނެރުނު އާ މޮޑެލްތަކަށެވެ. މީގެ ކުރިން ބައެއް ގައުމުތަކުގައި އެއްފަހަރާ ގިނަ އަދަދަކަށް ފޯނު ގަތުމުގެ ފުރުސަތު އޮތް ނަމަވެސް، މި އާ އުސޫލުގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ވެސް ގަނެވޭނީ ގިނަވެގެން ދެ ފޯނެވެ.
ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި، އާ އައިފޯނުތައް ބާޒާރަށް ނެރޭ ދުވަސްވަރު ގިނަ އަދަދަކަށް ފޯނު ގަނެ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ވިއްކުމަކީ އާންމު ކަމެކެވެ. މީގެ ސަބަބުން އާންމު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފޯނު ގަތުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނި ގޮތުގައި، އެޕަލްގެ މި ނިންމުމަކީ އާންމު ކަސްޓަމަރުންނަށް ހަމަހަމަކަމާ އެކު ފޯނު ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މި ބަދަލުގެ ސަބަބުން ނަހަމަ ގޮތުގައި ފައިދާ ނަގަން އުޅޭ ފަރާތްތަކަށް އެ ފުރުސަތު ބަންދުވެ، އާންމު ފަރާތްތަކަށް ފޯނު ލިބުން ފަސޭހަވާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް މާކެޓުތަކުގައި ވެސް މި އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ގައުމުތަކުގައި ވެސް މި ހިފެހެއްޓުންތައް ތަންފީޒުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބަރުތައް ބުނެއެވެ. މީގެ ސަބަބުން އޮންލައިންކޮށާއި ފިހާރަތަކުން ފޯނު ވިއްކުމުގައި ވެސް މި ލިމިޓަށް ބަލާނެއެވެ.