މި ހާދިސާ ހިންގާފައިވަނީ އެ ސްޓޭޓްގައި ހިމެނޭ ބިންނާރީ ނަމަކަށް ކިޔާ އަވަށުގައެވެ. މި ހަމަލާއަކީ ހުކުރު ނަމާދުން ފައިބައިގެން ތިބި އަޅުކަންވެރިންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާގައި މަދުވެގެން 40 މީހުން ވަނީ ޖާނު ގެއްލި މަރުވެފައެވެ. ހަމަލާދިން ހަތިޔާރުއެޅި މީހުން އެ އަވަށަށް ވަދެގަތީ 50 ސައިކަލުގައެވެ. އަދި ހުކުރު ނަމާދު ނިންމާލުމަށްފަހު އަޅުކަންކުރަން ތިބި މީހުން ނުކުތް ވަގުތު، އެމީހުންގެ ގަޔަށް އަމާޒުކޮށް ވަގުތުން ވަނީ ބަޑީގެ ހަމަލާތައް ދޭން ފަށާފަ އެވެ.
މި ނުރައްކާތެރި ހަމަލާގެ ތެރޭގައި، ހަމަލާދިން އަނިޔާވެރިން ވަނީ ބިންނާރީ އަވަށުގައި ހުރި އާންމުންގެ ފިހާރަތައް ލޫޓުވައި، ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މި ހާދިސާއާ ގުޅިގެން އެ އަވަށުގެ އާންމު ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފަ އެވެ.