ads
ރައީސް ޔާމީން
ފުއްގިރީގެ މައްސަލާގައި ޔާމީނަށް ހުކުމްކުރުން ފަސްކޮށްފި
ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ ހުކުމް ކުރުން ފަސްކޮށްފި އެވެ.
Advertisement

މި އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ދެން ހުކުމް އިއްވާނެ ތާރީހެއް ކްރިމިނަލް ކޯޓުން އަދި ހާމައެއް ނުކުރެ އެވެ. 

ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެންދިޔަ މި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލީ މި މަހުގެ 13 ވަނަ ދުވަހު ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުންނެވެ. އެ ދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަލީ ނަދީމް އިއުލާން ކުރެއްވީ މި މަހުގެ 29 ގައި (މާދަމާ) ހުކުމް އިއްވާނެ ކަމަށެވެ.

މި ދައުވާއަށް ޔާމީން އިންކާރު ކުރައްވާފައިވާއިރު، ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވެސް ޔާމީން ވަނީ އެ ދައުވާއަށް އިންކާރު ކުރައްވައި އެއީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީނަށް ދައުވާކުރާ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އަދި އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އެ މައްސަލަ ސާބިތުވާ ކަމަށް މީގެކުރިން އެ ކޯޓުން ކަނޑައަޅާފައި އޮތް ނިންމުން ހައި ކޯޓުން ބާތިލްކޮށް އަލުން މައްސަލަ ބަލަން އަންގާފައިވާތީ ހިންގާ ޝަރީއަތެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް