ads
މޫސާ އަލީ ޖަލީލް އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލަކަށް
ރާއްޖޭގައި ޓެރަރިޒަމް އަދި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް އުފައްދާފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މޫސާ އަލީ ޖަލީލް އައްުޔަންކުރައްވައިފި އެވެ.
Advertisement

ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލް އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވިކަން ރައިސް އޮފީހުން ވަނީ ކަށަވަރުދީފަ އެވެ. 

މީގެ ކުރިން އެމަގާމުގައި ހުންނެވީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރް އެވެ.  

މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މާލޭ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ވަނީ ވާދަކުރައްވާފަ އެވެ. 

މޫސާ އަލީ ޖަލީލަށް ދިވެހި ސަރުކާރުންވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، އަރުވައިފަ އެވެ. މޫސާ އަލީ ޖަލީލް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 8 ފެބްރުއަރީ 2012ގަ އެވެ. އޭގެ ކުރިން އޭނާވަނީ ކޯސްޓު ގާޑުގެ ޑައިރެކްޓަރުގެ މަގާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އިތުރުން ޑިފެންސް މިނިސްޓާރުކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް