ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ޝަހުސިއްޔަތު ކިލަނބުކުރާ ނަމަ ފިޔަވަޅު އަޅަން ޖެހޭނެ: ޑރ.ޝަހީމް
ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ފެންމަތިވެފައިވާއިރު އެ މައްސަލައަކީ މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޝަހީމު މިހެން ވިދާޅުވީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުންގެ ރަމްޒީ ކައިވެންޏެއް ކޮށްދިން މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅީ އެ މިނިސްޓްރީން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކައިވެނީގެ ރަސްމިއްޔާތެއްގެ ގޮތަށް އިންތިޒާމުކޮށް ރިސޯޓެއްގެ ބީޗުގައި ބޭއްވި ހަފްލާގެ މަންޒަރުތައް ސޯޝަލް މީީޑިއާގައި އާންމުވެފައިވާއިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް