ads
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ހުށައެޅި ލޯގޯތަކުން އެންމެ މޮޅު 5 ލޯގޯ. މިތަނުން އެއް ލޯގޯ ހޮވުމަށް ވަނީ ހުޅުވާލާފައި
އިހްތިރާމް މަޝްރޫއުގެ ލޯގޯ ހޮވަން، އާއްމުންނަށް ހުޅުވާލައިފި
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގައި ބޭނުން ކުރާނެ ލޯގޯ އެއް ހޮވަން އާއްމުންގެ ވޯޓަށް ހުޅުވާލައިފި އެވެ.
Advertisement

މި މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް ސަގާފަތާއި ބެހޭ މިނިސްޓްރީން ހުޅުވާލުމުން މުއްދަތު ހަމަވިިރު ވަނީ 22 ލޯގޯއެއް ހުށައަޅާފަ އެވެ. 

ފަނޑިޔާރުންގެ ވޯޓާއި އާއްމުންގެ ވެސް ހިޔާލާއި އެކު އެތަނުން އެންމެ ރަނގަޅު ފަސް ލޯގޯއެއް ވަނީ ހޮވާފައެވެ. އަދި އެ ފަސް ލޯގޯގެ ތެރެއިން އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގައި ބޭނުންކުރަން އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް އާއްމުން ވޯޓް ދިނުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަންނަ ބުދަ ދުވަހުގެ 18:00 އާއި ހަމައަށް ވޯޓް ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ލޯގޯ ތަކުގެ ތެރެއިން އެއްވަނަ ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ އިނާމެއް މިނިސްޓްރީން ވަނީ ހުށައަޅާފަ އެވެ. 

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކުރުމަށް ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" އަހަރަކު އެއް ފަހަރު ފާހަގަކުރަން ވަޒީރުން މަޖިލީހުން ވަނީ ނިންމާފަ އެވެ. 

އެގޮތުން ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިއާދަ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވުމާއެކު، އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް