ads
ޝާހިދު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކޮށްލައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބޭރުކޮށްފި އެވެ.
Advertisement

ޖިންސީ ގޯނާގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލީ އިއްޔެ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކުރި ނަމަވެސް، އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ޝާހިދު ކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޝާހިދު ހައްޔަރުކުރީ މިދިޔަ ހަފިތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވެ އެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ކުރީގެ ފޮރިން މިނިސްޓަރުކަން ފަދަ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު ވިދާޅުވީ އެއީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ، އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް