ads
ފުލުހުންގެ މައި އިދާރާ
ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް ބުލީ ކުރާ މައްސަލައެއް ބަލަނީ
ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓު މެދުވެރިކޮށް ބުލީކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
Advertisement

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން މީޑިއާތަަކަށް ފޮނުވި މެސެއްޖެގައި ބުނެފައިވަނީ، ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އިސްވެ، އެހެން ދަރިވަރަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބުލީކުރަމުންދާ ކަމަށް ހުށަހެޅިފައިވާ މި މައްސަލަ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްކޫލުގައި ކިޔަވަމުންދާ އެ ދަރިވަރަށް ނިސްބަތްކޮށް އަދި އެ ކުއްޖާގެ ފޮޓޯ ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފުރައްސާރަކޮށް ބުލީކުރަމުންދާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ވަކިން ހާއްސަކޮށް، ޓިކްޓޮކްގައި ހިންގި އެކައުންޓަކުން އެ ކުއްޖާގެ ސިފައަށް މަލާމާތްކޮށް ގިނަ ޕޯސްޓުތަކެއް ކޮށްފައިވާއިރު، ހަޑިހުތުރު ބަހުން ލިޔެ މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ވެއެވެ.

މިކަން އާއްމުންގެ ސަމާލުކަމަށް އައިސް، ގިނަބައެއްގެ ނުުރުހުން އަމާޒުވުމާއެކު، އެ ޕޯސްޓްތައް ކޮށްފައިވާ އެކައުންޓް މިހާރުވަނީ ޑީއެކްޓިވޭޓްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް