ads
ދިރާގުޕޭ ކަސްޓަމަރުންނަށް އެއް ރުފިޔާއަށް ބޮބާއެއް ލިބޭ ޕްރޮމޯޝަނެއް - ފޮޓޯ: ދިރާގު
ދިރާގުޕޭ ކަސްޓަމަރުންނަށް އެއް ރުފިޔާއަށް ބޮބާއެއް ލިބޭ ޕްރޮމޯޝަނެއް
ދިރާގު ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް 1ރ.އަށް ބޮބާ ލިބޭ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެ އެވެ.
Advertisement

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބެނީ ޗާންދަނީމަގު، ވިކްޓޯރިއަސް ކެފޭ-އިންޑިގޯ، އަދި ވިކްޓޯރިއަސް އެވެނިއުއިން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، ފުރަތަމަ 1000 ކަސްޓަމަރުން ހަމަވަންދެން ކަމަށާއި ހަމައެކަނި ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ދިރާގުން ބުނެ އެވެ.

ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް