މި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ވަނީ އޭއައި ވޮއިސް-ކްލޯނިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުންފުނިތަކުގެ އިސް ވެރިންނާއި ޤާނޫނީ ވަކީލުންގެ އަޑު ނަކަލުކޮށްފައެވެ. އަދި އެ މީހުންގެ އަޑުން ވާހަކަދައްކައިގެން، އެކި ތަންތަނަށް ގުޅައި، ހީލަތްތެރިކަމާއެކު މުއާމަލާތްތައް ހިންގައިގެން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާފައިވެއެވެ.
އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، މި ސްކޭމްގެ އަމާޒަކަށް ހަދާފައިވަނީ ހޮސްޕިޓަލްތަކާއި، ބޭންކުތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކެވެ. މި ކުންފުނިތަކުގެ ސީއީއޯއިންނާއި ލޯޔަރުންގެ ގޮތުގައި އޮޅުވާލައިގެން ވާހަކަދައްކައި، ޖުމްލަ 129 މިލިއަން ޑޮލަރު ވަނީ ކާމިޔާބުކަމާއެކު އަތުލާފައެވެ.
ނިއުޔޯކުގައި އުފުލާފައިވާ މި ދައުވާތަކާއެކު، އާރޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ނުބައި ގޮތުގައި ބޭނުންކޮށްގެން ކުންފުނިތަކުގެ ސެކިއުރިޓީ ފަހަނައަޅައި ހިންގާ މާލީ ޖަރީމާތަކުގެ ނުރައްކާތެރިކަން މިވަނީ ވަރަށް ބޮޑަށް ހާމަވެގެންގޮސްފައެވެ.